ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.
މި އެކްސަސައިޒްގައި، އާމްޑް ޓެރަރިޒަމް ފޯސަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނިކަލް ޓްރެއިނިންގ އާއި އެފަދަ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތަކާ ގުޅޭގޮތުން އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އޮޕަރޭޝަން އެކްސަސައިޒް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ދ. ވާނީ އާއި މާލޭގައި ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރެއިޑްގެ ދެ އެކްސްޕާޓުންނެވެ.
މެއި 30 އިން ޖޫން 2 އަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވިއެވެ.

ފްރެންޗް ނޭޝަނަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިhttps://t.co/X06vHBL8rP pic.twitter.com/wVry2squqY
— Maldives Police (@PoliceMv) June 5, 2022
އޮޕަރޭޝަން އެކްސަސައިޒް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ދ. ވާނީ އާއި މާލޭގައި ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރެއިޑްގެ ދެ އެކްސްޕާޓުންނެވެ.
މެއި 30 އިން ޖޫން 2 އަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު