މާލޭގައި ދިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށް ވިނަރެސް ހައުސިން މަޝްރޫޢުން ފްލެޓް ބޭނުންވާ މީހުންނަށް، މިމަހުގެ ތެރޭގައި އެ ފުރުޞަތު ހުޅުވާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ނިންމައިފިއެވެ.
އެޗް.ޑީ.ސީން މިއަދު ވަނީ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭނެ ޝަރުތުތައް އާއްމުކޮށްފައެވެ. އެގޮތުން ވިނަރެސް މަޝްރޫޢަކީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެހިންނަށް ޚާއްސަކޮށްފައިވާ މަޝްރޫޢެއް ނަމަވެސް، މީގެ ތެރެއިން 100 ފްލެޓެއް މާލޭގައި ރަޖިސްޓްރީވެފައިނުވާ އެހެންނަމަވެސް މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަފާއެވެ.
ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ބަލާނެ އާއްމު އުޞޫލުތަކާއި ޝަރުތުތަކުގެ ތެރޭގައި؛
• މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން ޕްރައިވެޓް މާކެޓުން 600 އަކަފޫޓަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާދައްކަން ފަށާފައި އޮވެގެން ނުވުން,
• މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ އެއްވެސް 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި އޮވެގެންނުވުން،
•ވިނަރެސް ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކެންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން،
•މަހަކަށް ޖުމްލަ އާމްދަނީ 61000 ރުފިޔާއަށް އަށްވުރެ އިތުރަށް ލިބޭ ފަރާތްތަކަށް ނުވުން،
•މާލޭ ސިޓީން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭނެ
•ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމަންޓެއް ނުވަތަ މާލޭ ސިޓީގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތް ފަރާތްތަކަށް ވާންޖެހޭނެ.
އެޗްޑީސީން ބުނީ ވިނަރެސް އެޕަރޓްމަންޓްތައް ބަލާލުމުގެ ފުރުޞަތު މިއަދުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ލިބޭނެކަމަށެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ފަށާފައިވާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 10 ޓަވަރު ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1،344 ފްލެޓު ހިމެނެއެވެ. މި މަޝްރޫއުގައި ހިމެނެނީ 902 އާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

އެނައުންސްމަންޓްhttps://t.co/4rlpxgK8bw
— HDC (@hdcmaldives) June 5, 2022
އިތުުރު ތަފުސީލްhttps://t.co/oEu1HMeeRf
ޝަރުތު ހަމަވުމުގައި ބަލާނެ ކަންކަމާ ހުށަހަޅަންޖެހޭ ލިޔުންތައްhttps://t.co/JWtTyWVV19#ވިނަރެސް
ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ބަލާނެ އާއްމު އުޞޫލުތަކާއި ޝަރުތުތަކުގެ ތެރޭގައި؛
• މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން ޕްރައިވެޓް މާކެޓުން 600 އަކަފޫޓަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާދައްކަން ފަށާފައި އޮވެގެން ނުވުން,
• މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ އެއްވެސް 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި އޮވެގެންނުވުން،
•ވިނަރެސް ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކެންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން،
•މަހަކަށް ޖުމްލަ އާމްދަނީ 61000 ރުފިޔާއަށް އަށްވުރެ އިތުރަށް ލިބޭ ފަރާތްތަކަށް ނުވުން،
•މާލޭ ސިޓީން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭނެ
•ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމަންޓެއް ނުވަތަ މާލޭ ސިޓީގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތް ފަރާތްތަކަށް ވާންޖެހޭނެ.
އެޗްޑީސީން ބުނީ ވިނަރެސް އެޕަރޓްމަންޓްތައް ބަލާލުމުގެ ފުރުޞަތު މިއަދުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ލިބޭނެކަމަށެވެ.
ވިނަރެސް ހައުސިން މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ފަށާފައިވާ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 10 ޓަވަރު ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1،344 ފްލެޓު ހިމެނެއެވެ. މި މަޝްރޫއުގައި ހިމެނެނީ 902 އާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު