ސަރުކާރުގެ ހަރަދުތައް ފޫބައްދަން ސީއެފްއެސްއައިޓީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފިއެވެެ.
ސަރުކާރުގެ ހަރަދުތައް ފޫބައްދަން ނަގާފައިވަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓާއަކުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މާޗް މަހު އެއްބަސްވުމެއްގައި ސޮއިކޮށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވަނީ އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) ކިޔާ ޕްރައިވެޓް ކްރެޑިޓާއެއް ނުވަތަ ދަރަންޏަށް ފައިސާ ދޫކުރާ އެޖެންސީ އަކުން ކަމަށެވެ. ސީއެފްއެސްއައިޓީ އިންކް އަކީ އެމެރިކާއަށް ނިސްބަތްވާ މަލްޓިނޭޝަނަލް ކްރެޑިޓާއެކެވެ.
ސަރުކާރުން މިހާރު ވަނީ އެލޯނުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. ސީއެފްއެސްއައިޓީ އިންކް އިން ބަޖެޓު ސަޕޯޓެއްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައިވަނީ ހަތަރު އެއްބަސްވުމެއްގެ ގޮތުގަ އެވެ. މިގޮތުން ކޮންމެ އެއްބަސްވުމެއްގެ ދަށުން 25 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާއިރު މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ މި އަހަރުގެ މާޗު 24 ވަނަ ދުވަހު އެވެ.
ސަރުކާރުން ނެގި މި ލޯނު އަނބުރާ ދައްކަން ޖެހެނީ ތިން އަހަރުގެ ތެރޭގައެެވެ. މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 7.15 ޕަސެންޓެވެ. އަދި ޕްލަސް އެސްއޯއެފްއާރު، އެހެނިހެން ހަރަދުތަކަށް 1.5 މިލިއަން ޑޮލަރު ހޭދަވާއިރު އެރޭންޖުމަންޓް ފީއަކީ 1.5 ޕަސެންޓެވެ. މި ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 24.5 މިލިއަން ރުފިޔާ އެވެެ. އަދި ލޯނު ސާވިސް ކުރަން ނުވަތަ ދައްކާ ނިމޭއިރު ހިނގާނެ ކަމަށް ބެލެވެނީ 126 މިލިއަން ޑޮލަރެވެ. މި ލޯނު ދައްކާ ނިމޭނެ ކަމަށް ބެލެވެނީ 24، މާޗް 2025 ގަ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ނެގި ލޯނުގެ އަދަދު ވަނީ 37 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ. ދައުލަތުގެ ބަޖެޓްގެ ދަރަނި މިހާރު ވަނީ 99 ބިލިއަނަށް އަރާފައެވެ. ސޮވެރިން ގެރެންޓީއާއި ނުލައި ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ.
ރާއްޖޭގެ ދަރަނި މައްޗަށް ދާތީ ބައިނަލްއަގުއާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިއަހަރާއި އަންނަ އަހަރު ވެސް ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު