ދިވެހި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާމެދު ސަރުކާރުގެ ސިޔާސަތު ސާފުކޮށްދެއްވުމަށް މަޖިލީހަށް ހުށައެޅުއްވީ ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތީން ހުރިހާ އިޖުރާއަތްތައް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފުކޮށް ދެއްވުމަށް ތޯރިގް ވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސާފުކޮށްދޭން ވެސް ތޯރިގު ވަނީ ހުށަހަޅުއްވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކައި ހޯމް މިނިސްޓްރީން ގަވައިދުތައް ހަދައި އުސޫލުތަކެެއް ވެސް ވަނީ ހަދާފައެވެ. އަދި މަރުގެ އަދަބު ދޭނެ އާލާތްތަކާއި ވަސީލަތްތައް ވެސް ގާއިމު ކުރި ކަމަށް އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އޭރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް ޔާމިންގެ ސަރުކާރު ނިމިގެންދިޔައިރު ވެސް މަރުގެ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު