ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ ޑީފޯލްޓް ވެދާނެ ކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި އިގްތިސާދީ ހާލަތާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން، ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އޭގެ ސަބަބުން އިޤްތިސާދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.
އަމީރު މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާވަރަށް ދަށްވެދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވަނިކޮށެވެ.
ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ނުވަތަ ކޮވިޑްގެ ކުރިން ހުރި ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
"ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮންޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރު، ދަތިވެ ދަރަނި އަދާކުރަން އުނދަގޫވާނެކަން އޭރުވެސް ފާހަގަ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަސްތަކުގައި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފެއް ނުވޭ. މިކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމު،" ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވެއެވެ.

ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް. pic.twitter.com/5l54eCy3fY
— Ibrahim Ameer (@iameeru) June 5, 2022
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރު، ދަތިވެ ދަރަނި އަދާކުރަން އުނދަގޫވާނެކަން އޭރުވެސް ފާހަގަ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަސްތަކުގައި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފެއް ނުވޭ. މިކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމު،" ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު