ދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، ދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު މެޑިކަލް އެމަޖެންސީގައި އެ އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 6:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި، މަރުވެފައިވަނީ، ނޭޕާލްގެ 42 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު