ފޭދޫގައި ހިނގި މާރާމާރީއާ ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 2 ވަނަ ދުވަހު އައްޑޫގައި ހިނގި މި މާރަމާރީގައި އުމުރުންް 21 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.
މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންބުނީ މިމާރާމާރީއާ ގުޅިގެން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ރަށުތެރޭގެ އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ 2 މީހުންނާއި 39 އަހަރުގެ މީހަކުވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގްކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު