ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ބީޖޭޕީގެ އޮފިޝަލްގެ ވާހަކަތައް މިހާތަނަށް ކުށްވެރިކުރަށްވައި ވާހަކަދެއްކެވި ހަމައެކަނި ލީޑަރެވެ.

ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް އިހާނެތިކޮށް ހިތައި، ދެއްކެވި ދަށުދަރަޖައިގެ ވާހަކަތައް، ޖުމްހޫރީ ޕާޓީންނާއި އެމަނިކުފާނުގެ އަމިއްލަ ނަން ފުޅުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ. ގާސިމް ވިދާޅުވީ ބީޖޭޕީގެ އޮފިޝަލްގެ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން މުސްލިމުންގެ އިހުސާސްތަކަށް ވަރަށް ބޮޑަށް އަސަރުކުރުވި ވާހަކަތަކެއްކަމަށެވެ.



އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ވަނީ ސަލާމާއި ޞަލަވާތްލެއްވި ރަސޫލާއާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

އެކަމާއި ގުޅިގެން މުޒާހަރާކުރަން ނިކުތް މުސްލިމުންނާއި ދެކޮޅަށް އިންޑިއާ ފުލުހުން ވަނީ އަނިޔާވެރި އަމަލުތަކެއް ހިންގާފައެވެ.

މިމައްސަލަ ހޫނުވުމުން ބީޖޭޕީއަށް ޕްރެޝަރު ބޮޑުވެގެން މި ވާހަކަތައް ދެއްކި އޮފިޝަލުންނާއި މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން