ހަރުދަނާ ސިޔާސަތުތަކާއެކު އިގްތިސާދީ ގޮތުން މިއަށްވުރެ މާ ދަތި އުނދަގޫ ދުވަސްތަކެއް ރާއްޖެއިން ކަޑައްތު ކޮށްފައިވާކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް، ދަރަނި ނުދެއްކޭ ހާލަތަށް ގޮސްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހަމްދާން މިއަދު ވިދާޅުވީ އިގްތިސާދީ ގޮތުން މިއަށްވުރެ މާ ދަތި އުނދަގޫ ދުވަސްތަކެއް ރާއްޖެ ކަޑައްތު ކޮށްފިކަމަށެވެ. އަދި ހަރުދަނާ މާލީ އަދި އިޤްތިޞާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ހުރި ރިސްކްތައް ކުޑަކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންކަމަށެވެ.
ހަމްދާންގެ އިތުރުން ފިނޭންސް މިނިސްޓަރވެސް ވަނީ ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ދޮގުކުރައްވާފައެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑީފޯލްޓް ވެދާނެކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތަށް ދެއްކުމުން، ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އޭގެ ސަބަބުން އިޤްތިސާދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.
ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ނުވަތަ ކޮވިޑްގެ ކުރިން ހުރި ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.

މިއަށްވުރެ މާ ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެން ކަޑައްތު ކޮށްފިން. ހަރުދަނާ ފިސްކަލް/އިޤްތިޞާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެއްޖެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ހުރި ރިސްކްތައް ކުޑަކުރުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުން. https://t.co/Vs67wk4E4s
— Hamdhan (@Ahmed_hamdhan) June 5, 2022
ހަމްދާންގެ އިތުރުން ފިނޭންސް މިނިސްޓަރވެސް ވަނީ ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ދޮގުކުރައްވާފައެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑީފޯލްޓް ވެދާނެކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތަށް ދެއްކުމުން، ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އޭގެ ސަބަބުން އިޤްތިސާދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ.
ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ނުވަތަ ކޮވިޑްގެ ކުރިން ހުރި ލެވެލްގައި ދެމެހެއްޓޭނެ ކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށާއި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު