އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް އޮފިޝަލުން ތަކެއް އިސްލާމް ދީނާއި ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ފުރައްސާރަކޮށް ބަދު ބަސްތައް ރައްދުކުރި ކުރުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އާއި، ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) ގެ އަބުރުފުޅަށް ހުތުރުވާގޮތަށް ކުރެވޭ ކޮންމެ ޢަމަލެއް، ދިވެހި ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި ކުށްވެރިކުރާކަމަށެވެ.



ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މެމްބަރުންތަކެއް ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއިމެދު ކަންބޮޑުވާކަމަށެވެ.

މީގެއިތުރުން ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އިންޑިއާ ސަރުކާރުން ބަލައިނުގަނެ، އެ ވާހަކަތައް ދެއްކި ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އެޅުއްވީތީ މަރުހަބާ ކިޔާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު