އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނަކާއި، އެޕާޓީގެ އޮފިޝަލަކު ކީރިތި ރަސޫލާއަށް ތައުހީނުކޮށް ފުރައްސާރަ ކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލް ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމު ގައުމުތަކުން ދަނީ އެކަން ކުށްވެރިކުރަމުންނެެވެ. ދިވެހި ސަރުކާރުން މިއަދު ހަވީރު ވަނީ އެއަމަލު ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި، އެމްޑީޕީން އިންތިހާއަށް ނުރުހުން ފާޅުކޮށް، އެ އަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
"މިއަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް މިޕާޓީން ދެކޭހިނދު، ބީ.ޖޭ.ޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އެ ބަޔާނުގައިވެއެެވެ.
މިއަމަލު ހިންގި ފަރާތާއި ގުޅޭގޮތުން މިހާރު ފިޔަވަޅު އަޅާފައިވާކަމީ އެޕާޓީ ތަރުހީބުދޭ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައެވެ.
އެމްޑީޕީން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް އެމައްސަލަ ކުށްވެރިކުރަން ދިވެހި ސަރުކާރަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވަނީ ވޯޓް ދެއްވާފައެެެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އާއި، ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) ގެ އަބުރުފުޅަށް ހުތުރުވާގޮތަށް ކުރެވޭ ކޮންމެ ޢަމަލެއް، ދިވެހި ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި ކުށްވެރިކުރާކަމަށެވެ.
އެވޮތުން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މެމްބަރުންތަކެއް ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއިމެދު ކަންބޮޑުވާކަމަށް އެބަޔާނުގައި ވެއެވެ.
މީގެއިތުރުން ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އިންޑިއާ ސަރުކާރުން ބަލައިނުގަނެ، އެ ވާހަކަތައް ދެއްކި ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އެޅުއްވީތީ މަރުހަބާ ކިޔާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު