ކުމުންދޫ ނޭޗަރ ޕާކް، ’ވެހިސަރާ‘ ގައި ބަޔަކު އަލިފާން ރޯކޮށް އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފިއެެވެ.
ކުމުންދޫ ކައުންސިލުން ބުނީ މި ހާދިސާ ހިންގާފައިވާ ކަމަށް ބެލެވެނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ވެހިސަރާ ނޭޗަރ ޕާކަކީ ކުމުންދޫގެ ޖަމިއްޔާއެއްކަމަށްވާ ކުރެވި ޖަމިއްޔާއިން ތަރައްޤީކޮށް ކައުންސިލާ ހަވާލުކޮށްފައިވާ ތަނެކެވެ.
ނޭޗަރ ޕާކްގައި އަލިފާން ރޯކޮށްލާފައިވާ ފޮޓޯތައް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެގޮތުން އަލިފާން ރޯކޮށްލުމުގެ ސަބަބުން ޕާކްގެ ލަކުޑި ފާލަމާއި ގުޅިފައިވާ ފިނި މައިޒާން ވަނީ މުޅިން އަދާ އަޅިއަށްވެފަ އެވެ.
ކުމުންދޫ ކައުންސިލުން މިހާރު ވަނީ މިމައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ. ކުމުންދޫ ނޭޗާ ޕާކަކަކީ އެރަށައް ޒިޔާރަތް ކުރާ މީހުންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ތަނެކެެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ނޭޗާ ޕާކްގެ ހަޓްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ، މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު