ނިމުނު ހަފްތާގައި ކޯވިޑްގެ 84 ކޭސް ރާއްޖެއިން ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 84 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 37 މީހުންނާއި، މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 9 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކާއި ސަފާރީތައް އަދި ސިނާއީ ރަށްތައް ހިމެނޭހެން 38 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެންމެފަހުގެ ތަފާސް ހިސާބާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 179837 އަށް އަރާފައެވެ.
ވެކްސިންގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް 45 މީހުން ޖެހިއެވެ. އަދި ދެވަނަ ޑޯޒް 91 މީހުން އަދި ބޫސްޓަރ ޑޯޒް 651 މީހުން ޖަހާފައިވެއެވެ.
މިއާއެކު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 398727 މީހުން ނުވަތަ 88.06 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް މިވަނީ ފުރިހަމަ ކޮށްފައެވެ. ދެވަނަ ޑޯޒް 384274 މީހުން ނުވަތަ 84.87 އިންސައްތަ މީހުން އަދި ބޫސްޓަރ ޑޯޒް 161562 މީހުން ނުވަތަ 35.68 އިންސައްތަ މީހުން މިވަނީ ޖަހާފައެވެ.

✳️ COVID-19 : Case Updates pic.twitter.com/8chqJ1Co87
— Health Protection Agency (@HPA_MV) June 6, 2022
އެންމެފަހުގެ ތަފާސް ހިސާބާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 179837 އަށް އަރާފައެވެ.
ވެކްސިންގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް 45 މީހުން ޖެހިއެވެ. އަދި ދެވަނަ ޑޯޒް 91 މީހުން އަދި ބޫސްޓަރ ޑޯޒް 651 މީހުން ޖަހާފައިވެއެވެ.
މިއާއެކު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 398727 މީހުން ނުވަތަ 88.06 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް މިވަނީ ފުރިހަމަ ކޮށްފައެވެ. ދެވަނަ ޑޯޒް 384274 މީހުން ނުވަތަ 84.87 އިންސައްތަ މީހުން އަދި ބޫސްޓަރ ޑޯޒް 161562 މީހުން ނުވަތަ 35.68 އިންސައްތަ މީހުން މިވަނީ ޖަހާފައެވެ.
ކިޔުންތެރިންގެ ހިޔާލު