އެމްޑީޕީގެ 40000 މެމްބަރުން ވަކިކުރަން އެޕާޓީގެ ގައުމީ މަޖިލީހަށް ނުނިއްމޭނެ ކަަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގައި އެމްޑީޕީން މަޖިލީހަށް ހުށަައެޅި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި އެމްޑީޕީގެ 39،000 މެންބަރުން ވަކިކުރަން ނިންމުމަކީ އެމްޑީޕީގެ ހަޔާތުގައިވެސް އައި އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ.
ޕާޓީގެ ކަމާ ގުޅޭ ގުނަންތަކުގައި މަޝްވަރާ ނުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ 140 ހަކަށް މެންބަރުން ހިމެނޭ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކުން ޕާޓީގެ 39،000 މެންބަރުން ވަކިކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް ހަސަން ވިދާޅުވި އެވެ. ހަސަން ވަނީ ގައުމީ މަޖިލީހުގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ހަސަން ވިދާޅުވީ އެ ނިންމުން ނިންމިއިރު ޕާޓީގެ އާންމު މެންބަރުންނަށް ވާއެއް ނުވާއެއް ނޭނގޭ ކަމަށެވެ.
"ގައުމީ މަޖިލީހަށް އެބައޮތް އެ ގަރާރު ފާސްކުރެވެން. އެހެންނަމަވެސް މިފަދަ މުހިއްމު ނިންމުމެއް ނިންމަމުންދާއިރު ގައުމީ މަޖިލީހުން މަޝްވަރާކުރަންޖެހޭ މިންވަރާ ގާތަށްވެސް ކުރެވިފައި ނެތްކަން އެއީ މިއަދު އަޅުގަނޑު އެޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ހިތާމަކުރާ ކަމެއް." ހަސަން ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުން އެމައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވެސް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އީވާ ވިދާޅުވީ އެމްޑީޕީން ވަކިކުރަނީ އެ ޕާޓީ އުފެއްދުމަށާއި އެ ޕާޓީ މިއަދު އޮތް ހިސާބަށް ގެނެސްދިން ޕާޓީ ދެކެ އެންމެ ލޯބިވާ މީހުން ކަމަށެވެ. އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އީވާ ވަނީ މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިގެން ނަމަވެސް އެ މެމްބަރުންގެ އިންތިޚާބީ ހައްގު ހޯދައިދޭން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އެމްޑީޕީން ބަލަހައްޓަމުންދާ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން 39،000 މެންބަރުން ޕާޓީން ވަކިކުރުމަށް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ މެމްބަރުން ވަކިކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު ބުނާ ގޮތަށް ޕާޓީތަކަށް ސޮއިކުރާއިރު ފުރަންޖެހޭ ފޯމުގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި އެ މައުލޫމާތުތައް ފުރިހަމަ ނުވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު