ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މި ދުވަސްކޮޅު ހަލުވި ކަމާއެކު އަންނަނީ ޑެންގީ ހުން ފެތުރެމުންނެެވެ. ދައުލަތުގެ މީޑިޔާ، ޓީވީއެމްގައި ވާހަކަ ދައްކަަވަމުން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރާ ނިސްބަތް މި ދުވަސްކޮޅު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ބަލި ޖެހިގެން ހާލު ސީރިއަސްވާ ކުދިންގެ ނިސްބަތް ވެސް އިތުރުވަމުންދާ ކަމަށެވެ. ޑެންގީ ހުންޖެހިގެން ފަރުވާ ދެމުންދިޔަ އެއްއަހަރުން ދަށުގެ ކުއްޖަކު ނިޔާވެފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
"މިފަހަރު ސިވިއަ ޑެންގީ ފުދޭ ވަރަށް ބޮޑު އަސްލު، މި ދެންނެވީ ނިސްބަތުން ގިނަ އެހެން ކޭސްތަކާއި ބަލާއިރު ވަރަށް ގިނަ ކުދިންނަށް އަޅުގަނޑުމެން އެބަޖެހޭ ލޭވެސް އަޅަން. އަދި ހަމައެގޮތަށް ޝޮކަށްދާ ކުދިންވެސް އެބައުޅޭ. ޝޮކަށް ދިޔުމާއި ލޭ އަޅަންޖެހޭ ކުދިންވެސް ތަންކޮޅެއް ގިނަ މިދިޔަ އަހަރާއި އަޅާބަލާއިރު." ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑޮކްޓަރު ފައިސަލް ވިދާޅުވީ މި ހުމުގައި ބޮޑުވަރުވަނީ އެއް އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަނުންޓުންނަށް މި ހުމުން ބޮޑުވަރުވާ ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރަށްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެޕްރީލް މަހު ޑެންގީ ހުމުގެ 95 ކޭހެއް ވަނީ ރިޕޯޓްކޮށްފައެެވެ. ހުސްވި މެއި މަހު އެކަނިވެސް 185 ކޭސް ރިޕޯޓުކޮށްފައިވާއިރު ފާއިތުވެ ދިޔަ ތިން މަހުވެސް އެއަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބައްޔެކެެވެ.

ކިޔުންތެރިންގެ ހިޔާލު