ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އައްޑޫ ސިޓީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ (21އ.)ގެ މަރުގެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ ޒަޔާންގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި 15 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
އަދި މި މަރާ ގުޅިގެން މީގެ ކުރިން ހައްޔަރު ކޮށްފައިވާ 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށާއި އަދި ރަށުތެރޭގެ އަމާންކަން ނަގާލަން އުޅުމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށްވެސް 5 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
މަރާލި ޒަޔާންގެ ގައިގެ އެތައް ތަނަކަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފައެވެ. ހޮސްޕިޓަލާއި ހަވާލާދީ މީގެ ކުރިން ފުލުހުން ބުނެފައިވަނީ އޭނާގެ އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުންވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ކައުންސިލުންވަނީ އެ ސިޓީގެ އަމަން އަމާންކަން ބަލަހައްޓައިދެއްވުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު