ޓިކްޓޮކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި މަޝްހޫރު އެކްޓްރެސް މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޝިފާއާއި ގުޅުވާ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދިޔަ ވީޑިއޯގެ މައްސަލައިގައި ފުލުހުން ބަހެއް ބުނުން ލަސްވެފައިވާތީ ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ފުލުހުން މިއަދު ބުނީ، ސޯޝަލް މީޑިއާގައި ދައުރުވެގެން އުޅޭ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް (ޖާދު) ވަނީ އޭނާގެ ނަށާ ގްރޫޕުން ޝިފާ ވަކިކޮށްފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޝިފާ ވަކިކުރިކަން ހާމަކުރި ޕޯސްޓް ޑިލީޓްކޮށްލާފައެވެ.

ޝިފާއަށް ކުރާ ތުހުމަތާއި ގުޅިގެން އޭނާ މިއަދުވަނީ ރަސްމީކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އޭނާ ބަދުނާމު ކުރުމަށް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ފަތުރަމުންދާ ވީޑިއޯ އަކީ ވެސް އެޑިޓް ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.

އޭނާ ބުނީ، އެ ކަމަކީ އޭނާގެ މަޝްހޫރުކަމަށް ހިޔަނި އަޅުވަންވެގެން ފިލްމީ ދާއިރާގެ ބަޔަކު އަޑީގައި ތިބެގެން ހިންގާ ވަރަށް ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އަދި ވީޑިއޯ ފަތުރާފައިވަނީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ.

ޝިފާ ބުނެފައިވަނީ އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާނެކަމަށާއި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން