ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަވީރު 4:00 ޖަހާއިރު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ.



ރައީސް ސާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ ސީދާ ކޮންކަމަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކަމެެއް ނޭނގެއެވެ. ނަމަވެސް މިވަގުތު ގައުމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، އެކަންކަމާއި ގުޅޭގޮތުން ރައީސް ސާލިހު ވާހަކަދައްކަވާނެކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު