ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއަށް ބޮޑު މުސާރައަކަށް 100 މުވައްޒުން ހޯދަން އިއުލާންކޮށްފިއެވެ.

އާރުޑީސީން ބުނީ މުވައްޒަފުން ހޯދަނީ އާރުޑީސީގެ މަޝްރޫޢުތައް ކުރިއަށްގެންދާ ސައިޓްތަކުގައި މަސައްކަތް ކުރުމަށްކަމަށެވެ.

އާރްޑީސީން ބުނީ މިވަޒީފާތަކަށް މުސާރައާއި އިނާޔަތް އަދި އިތުރު ގަޑީގެ ފައިސާއާއެކު 10،500 ރުފިޔާ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެެވެ.



ކޮންޓްރެކްޓް އުސޫލުން ނަގާ މި ވަޒީފާގެ ޝަރުތުތަކަކީ ސިއްޙަތު ރަނގަޅު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އަސާސީ ތަޢުލީމު ހުރުމެވެ.



އާރުޑީސީގެ ވަޒީފާއަށް ނަގާ މުވައްޒަފުންގެ ޝަރުތުތަކުގެ ތެރޭގައި އާރްޑީސީގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުމާއި، މެޓީރިއަލް ސަޕްލައި ކުރުމާއި މެޝިނަރީ ބެލެހެއްޓުންފަދަ ލޭބަރ މަސައްކަތްތައް ހިމެނެއެވެ.

މިވަޒީފާތަކަށް އެދޭ މީހުން، މިމަހުގެ 13ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން އާރްޑީސީއަށް ފޯމް ހުށައަޅަން ޖެހޭނެއެވެ. އަދި އިންޓަވިއުވެސް މިމަހު އޮންނާނެ ކަމަށް އާރްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު