މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯތި ދޫކުރުމުގެ މަސައްކަތް މި މަސް ނިމުގެ ކުރިން ފަށާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެކަން އޮތީ ގޯތި ދޫކުރުމަށް އިއުލާން ކުރާ ހިސާބުގައި ކަމަށެވެ.
"މި މަސް ނިމުގެ ކުރިން، ޖޫން މަސް ނިމުމުގެ ކުރިން ފުރަތަމަ 3،000 ގޯތި ދޫކުރަން އިއުލާންކުރާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުން ކަމަށެެވެ. އަދި ލަސްތަކެއް ނުވެ މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް އިއުލާންކުރާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާއި ބިންވެރިކަން ހޯދުމަށް ކުރާ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު