ބްރިޖު މަޝްރޫއުއަކީ މި ސަރަަހައްދުގެ ތަރައްގީއަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އިގްތިސާދީ ދަތިކަމެއް ކުރިމަތިވެފައި ވިޔަސް އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އިގްތިސާދީ ދަތި ހާލަތެއް ކުރިމަތި ވި ނަމަވެސް ބްރިޖްގެ މަސައްކަތް ހުއްޓާލަން ނުޖެހޭނެ ކަމަށެވެ. ބްރިޖްގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ގެެންގޮސް އަޅައި ނިއްމަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ބްރިޖް އަވަހަށް ނިންމަން ކޮންޓްރެކްޓަރު އެފްކޮންސްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ބްރިޖްގެ މަސައްކަތް އަވަސްކުރަނީ ލިބޭނެ ފައިދާ ބޮޑުވާނެތީ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ ކުންފުނިން ޑިމާންޑްކުރާ ގޮތަށް އިތުރު 26 މިލިއަން ޑޮލަރު ދީގެން އެކަން ކުރަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަންނަ އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތް ގުޅީފަޅާ ހިސާބަށްދާގޮތަށް މަސައްކަތްކުރުމަށް ވިސްނުން ގެންގުޅޭ ކަމަށް ރައީސް ސާލިޙު މިއަދު ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.
6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.
މިއީ 500 މިލިއަން ޑޮލަރު ނުވަަތަ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކުންނެވެ.
ބްރިޖް މަޝްރޫއަކީ މި ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު