އާއްމުންނަށް ނޭނގި މެމްބާޝިޕް ފޯމު ހުށަހަޅާފައިވާ ކަމުގެ ޝަކުވާ އެންމެ ގިނައިން ލިބިފައި ވަނީ އިދިކޮޅު ޕީޕީއެމާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި ގުޅޭގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
"ރަސް އޮންލައިން" އަށް ލިބިފައިވާ އެ ތަފާސްހިސާބުތައް ދައްކާގޮތުން، 2018 ވަނަ އަހަރުން ފެށިގެން މި ހިނގާ 2022 ވަނަ އަހަރާ ހަމައަށް ޕީޕީއެމުން ވަނީ ޖުމްލަ 391 މީހަކު އޮޅުވާލައިގެން ޕާޓީއަށް ވައްދާފައިވެއެވެ. އެގޮތުން އެންމެ ގިނައިން އޮޅުވާލައިގެން އެ ޕާޓީއަށް މީހުން ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު 166 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވެއެވެ.
2020 ވަނަ އަހަރު 86 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވާއިރު މި އަހަރުގެ މިހާތަނަށް 24 މީހަކު އޮޅުވާލައިގެން ޕީޕީއެމަށް ވައްދާފައި ވްކަން މިހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެމްޑީޕީން މިއަހަރުގެ މިހާތަނަށް 213 މީހަކަށް ނޭނގި އެޕާޓީއަށް ވައްދާފައިވެއެވެ. އެ ޕާޓީންވަނީ މިހިނގާ 2022 ވަނަ އަހަރުގެ މިހާތަނަށް 27 މީހަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައެވެ. އަދި 2021 ވަނަ އަހަރު 35 މީހަކު ވައްދާފައިވާއިރު 2018 ވަނަ އަހަރު 92 މީހުން އޮޅުވާލައިގެން އެޕާޓީއަށް ވައްދާފައިވެއެވެ.
މި މައުލޫމާތު އިލެކްޝަނުން އާންމު ކުރައްވާފައިވާއިރު، އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަނުންދަނީ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން، މެންބަރުން ދަފްތަރުގައި ޖެއްސުމުގެ ކުރިން ފޯމްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލަން މިހާރުވަނީ ފަށާފައެވެ. އަދި ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ފޯމެއް ހިމެނޭ ނަމަ އެ ފޯމެއް ހުށަހެޅި ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަނުން މިހާރުވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު