އިސްލާމްދީނުގެ މަޝްވަރާ މަޖިލީހާއި، އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލައިފިއެވެ.
އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމަށް އެމްޑީޕީން މިއަދު ހުޅުވާލާފައިވާއިރު، އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަކީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވެވަޑައިގެންނެވި ވަޢުދެކެވެ. އަދި އެއީ ޗެއަރޕާސަންކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ އެންމެފުރަތަމަ ކުރައްވާނެ ކަމެއްކަމަށް ފައްޔާޟް އޮތީ ވިދާޅުވެފައެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ވަނީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝަރުޠު ހަމަވާ މެމްބަރުން އެކަމަށް އެދި 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުއްވުމަށް އެދިފައެވެ.
އަސާސީ ޤަވައިދުގެ 54 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް؛
1- އިސްލާމިކް ޔުނިވަރސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން،
2- އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3- ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4- ހާފިޒުކަމުގެ ސަނަދުއޮތުން
5- އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން
އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ އިތުރުން، އެޕާޓީގެ އަސާސީ ޤަވައިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތަކަށް ކުރިމަތިލުމަށްވެސް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ.
އަސާސީ ޤަވައިދުގެ 101 ވަނަ މާއްދާގައި ބުނާ ދާއިމީ ކޮމެޓީތައް
1- ފިޔަވަޅުއަޅާ ކޮމިޓީ
2- އިންތިޚާބާއިބެހޭ ކޮމިޓީ
3- އިޤްތިޞާދީ ކަންކަމާބެހޭ ކޮމިޓީ
4- ތައުލީމާބެހޭ ކޮމިޓީ
5- ޞިއްޙަތާއި ވެލްފެޔާއާބެހޭ ކޮމިޓީ
6- މީޑިއާ ކޮމިޓީ
7- ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
8- މަސައްކަތާ އިޖްތިމާއީ ޚިދުމަތްތަކާބެހޭ ކޮމިޓީ
9- މަސްވެރިކަމާއި ދަނޑުވެރިކަމާއި ޤުދުރަތީ ވަޞީލަތްތަކާބެހޭ ކޮމިޓީ
10- ގެދޮރާބެހޭ ކޮމިޓީ
11- ޤާނޫނީ ކަންކަމާބެހޭ ކޮމިޓީ
12- އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
13- ހޯދުންތަކާއި ސިޔާސަތް އެކުލަވާލުމާބެހޭ ކޮމިޓީ
14- ސަލާމަތާބެހޭ ކޮމިޓީ
15- ދަތުރުފަތުރާބެހޭ ކޮމިޓީ
16- ޙައްޤު ކޮމިޓީ
އެމްޑީޕީން މި ކޮމިޓީތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މެމްބަރުން 23 ޖޫން 2022ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަން ހުށަހެޅުއްވުން ދަންނަވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު