ރާއްޖޭގައި ނޫސްވެރިންނަށް ފުރައްސާރަކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އދގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ، މައުލޫމާތުތަކެއްް ލީކު ކުރިކަމަށް ބުނާ މައްސަލައެއްގައި ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިއެއްގެ ފޯނާއި ލެޕްޓޮޕް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.
މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ޚިޔާލުފާޅުކުރަށްވަމުން ޑރ. ޝަހީދު ވިދާޅުވީ ނޫސްވެރިންނަށް ފުރައްސާރަކުރުމަކީ ރާއްޖެއިން ހޯދާފައިވާ ކުރިއެރުން އެތައް ގުނައެއް ފަހަތަށް ގެންދާނެ ކަމެއްްކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
މައުލޫމާތުތަކެއްް ލީކު ކުރިކަމަށް ބުނާ މައްސަލައެއްގައި ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިއެއްގެ ފޯނާއި ލެޕްޓޮޕް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދިފައިވާކަމަށް ބުނާއިރު، ފުލުހުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަނެއްކޮޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގައި ނޫސްވެރިންނަށް ހިޔާލު ފާޅުކޮށް، ލިޔުންތައް ލިޔަން އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިއަކު އެއްވެސް ލިއުމެއް ލިއެ ސަރުކާރަށް ފާޑުކިޔައިގެން މިހާތަނަށް އެއްވެސް ނޫސްވެރިއަކާމެދު އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

I rarely read @DhiyaresNews or agree with @axanner’s writings. But harassment of journalists is a matter of serious concern & takes Maldives back to the 1990s! @Irenekhan @KenRoth @AgnesCallamard @RSF_inter @article19UN @USAmbSL @EamonGilmore https://t.co/YN5ootsfu7
— Ahmed Shaheed (@ahmedshaheed) June 8, 2022
މައުލޫމާތުތަކެއްް ލީކު ކުރިކަމަށް ބުނާ މައްސަލައެއްގައި ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިއެއްގެ ފޯނާއި ލެޕްޓޮޕް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދިފައިވާކަމަށް ބުނާއިރު، ފުލުހުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަނެއްކޮޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގައި ނޫސްވެރިންނަށް ހިޔާލު ފާޅުކޮށް، ލިޔުންތައް ލިޔަން އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިއަކު އެއްވެސް ލިއުމެއް ލިއެ ސަރުކާރަށް ފާޑުކިޔައިގެން މިހާތަނަށް އެއްވެސް ނޫސްވެރިއަކާމެދު އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު