ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް އެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް އިބްރާހިމް މިކަން ހާމަކުރަށްވާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއްޔެ ދެއްވާފައިވަނިކޮށެވެ.

"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނަމަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އޮނަރަބަލް ގާސިމް އިބްރާހިމްއެވެ.



ކިޔުންތެރިންގެ ހިޔާލު