ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއައި ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން، އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ކަސްޓަމަސްގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން ބަލާ ފާސްކޮށް އިތުރަށް ސްކޭން ކުރުމުން ކަމަށެވެ.
މިމައްސަލާގަިއ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 852 ގްރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު އެއްމިލިޔަން ފަސްދޮޅޮސް ދެހާސް ހަތަރުސަތޭކަ ސާޅިސް ހަތަރު ރުފިޔާ އަށް އަރައެވެ.
އަދި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައިކަމަށްވެސް ކަސްޓަމްސުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު