ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވަކިލާރި ކޮތަޅަކާއި އެހެނިހެން ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެއްޗަކީ،
- ވަގަށް ނަގާފައިވާކަމަށް ބެލެެވޭ ޓޫލްސް ތަކެއް، ވަގަށް ނަގާފައިވާކަމަށް ބެލެެވޭ ފްލައިވުޑް ދެ ފިލާ.
- މަގުމަތިން ހޮވާފައިވާ 1500 ރުފިޔާ، 1000 ރުފިޔާ އަދި 100 ރުފިޔާ.
- ވެލާނާގެ ކައިރިން އާންމު ފަރާތަކުން ހޮވި ރަން ކެވެލި ފަށެއް.
- ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހޮޅި ބިޑިތަކެއް.
- ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސުޕަރޖެނެރަލް ބްރޭންޑުގެ ގޭސް އުނދުނަކާއި ފަންކާއެއްގެ ފިޔަތަކެއް.
- ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަކިލާރި ކޮތަޅަކާއި ސިނގިރޭޓް ފޮށިތަކެއް.
- ޓެކްސީ އަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގ ގެލެކްސީ ޓެބްލެޓަކާއި، މޮޓޮރޯލާ ބްރޭންޑުގެ މޯބައިލް ފޯނެއް.
މިތަކެތީގެ އިތުރުންވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ މައުލޫމާތު ވަނީ ފުލުހުންގެ ވެބްސަިއޓުގައި އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވި އެ ތަކެތީގެ ވެރި ފަރާތްތަކުން ކަމާއިބެހޭ ފުލުހުންގެ ސްޓޭޝަނަށް ކާކުކަން އެނގޭނެ ލިޔުމަކާއެކު ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު