ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ފިރާގު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެެވެ. އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގާސިމަކީ ރާއްޖެއަށް ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއް ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.
"ގާސިމަކީ ރާއްޖެ ފަދަ ގައުމެއްގެ ވެރިއަކަށް ކުފޫ ހަމަވާ ބޭފުޅެއް." ފިރާގް ވިދާޅުވިއެވެ.
"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ނިންމާނީ ޕާޓީގެ ކޮންގްރެހުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ވެސް އަދި ނުލައްވަން ވެސް ނުނިންމަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު