ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްދައުވާ ކޮށްފައިވާ ވ. އާރަށު މައްސަލައިގައި ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން ހައިކޯޓަށް ހުށައަޅައިފި އެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވިއެވެ.
އެދުވަހު ގާޒީ ވިދާޅުވީ ގާނޫނު މާނަކުރާ ހަމަތަކުގެ މަތިން މުއްދަތު ގުނުމަށް ފަހު ހުށަހެޅުންތައް ހުށަހެޅުމަށެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ހުށައެޅުންތަށް ރައީސް ޔާމިނާއި ދައުލަތުގެ ފަރާތުން ހުށައަޅާފައެއް ނުވެއެވެ. މިމައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ހުށަހެޅުންތައް ބަލައި ނުގަންނަން ގާޒީ ވަނީ މިދިޔަ މެއި 25 ވަނަ ދުވަހު ނިންމަވާފައެެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އާރަށު މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ވަކީލުން ވަނީ އެކަން ފަނޑިޔާރުގެ ސަމާލު ކަމަށް ގެންނަވާފައެވެ. އަދި މިހާރު ހިނގަމުންދާ މައްސަލަ އިސްތިއުނާފު ނިމެންދެން މަޑުޖައްސާލުމަށްވެސް ރައީސް ޔާމިންގެ ފަރާތުން ކޯޓުގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު