އީދު ދުވަހު މާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފިއެވެ.



އީދު ދުވަހު މާލޭގެ ދެ ސަރަޙައްދެއްގައި ވަނީ މާރާމާރީތަކެއް ހިނގާފައެވެ. ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައެވެ. އީދު ދުވަހު ފަތިހު 5:48 ހާއިރު ހިންގި އެ މާރާމާރީގައި 23 އަހަރުގެ ދިވެއްސަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އީދު ދުވަހު ހެދުނު 9:17 ހާއިރު ހިންގި އެ މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އީދު ދުވަހުގެ މާރާމާރީތަކާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ސ. މަރަދޫ ކޮރަލް އަހުމަދު ސާތިއު، 21، ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ 3 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު