މި އަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ، އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ނިމިއްޖެއެވެ.
މި އިމްތިހާނުތައް މިއަދު ނިމިފައިވާއިރު، ކޭމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ 13 އޭޕްރީލް 2022 އިން 10 ޖޫން 2022 ގެ ނިޔަލަށެވެ. އަދި އެސްއެސްސީ އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ 01 ޖޫން 2022 އިން 06 ޖޫން 2022 އަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ކޭމްބްރިޖް އޯލެވެލް އައިޖީސީއެސްއީ ގައި ޖުމުލަ 236 ސެންޓަރެއްގައި 5936 ދަރިވަރުން އަދި އެސްއެސްސީ އިމްތިހާނުގައި 233 ސެންޓަރެއްގައި 5640 ދަރިވަރުން އިމްތިހާނު ހަދާފައިވެއެވެ.
ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، އިމްތިހާނުތައް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާއިރު ދެން އޮންނާނީ އިމްތިހާނުތަކުގެ ނަތީޖާ ދޫކުރުން ކަމަށެވެ. އެގޮތުން އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ހަމަޖެހިފައިވަނީ 29 އޯގަސްޓް 2022 ގައި ކަމަށް އެ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ، އެ ތާރީހުން ފެށިގެން 3 ހަފްތާގެ މުއްދަތެއްގެ ތެރޭގައި، ޓެސްޓް ޕޭޕަރުތަކުގެ ރީޗެކަށް އެދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު