ރާއްޖޭގެ ހުރިހާ ދިމާއަކުން ކޮރަޕްޝަން ވަދެ ކޮލަމްބިއާއަކަށް ރާއްޖެ ވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވީ، އިންޑިއާއިން ރާއްޖެ އެތެރެކުރި ކޮންޓޭނަރަކުން ދެ ޕަލެޓް ޑްރަގް އަތުލައިގަތުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރަކާއި ގުޅިގެނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުދަ ދަވަހު ރާއްޖެ ގެނައި އެ ކޮންޓެއިނަރުގައި ހުރިކަމަށް ލިސްޓުކޮށްފައިހުރީ ޓޮމާޓޯ ޕޭސްޓާއި، ނަޓެއްލާ ފަދަ ދަޅު ކާނާއެވެ. ނަމަވެސް، ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި ހުރި އެ ކޮންޓެއިނަރުގައި ހުރި ޕެލެޓްތައް ވަކިކޮށްފައި ބެހެއްޓުމަށް އެ ދުވަހު އެމްޕީއެލަށް އެންގިއެވެ. އަދި ކަސްޓަމްސްގެ ޓީމް އިއްޔެ އެ ކޮންޓެއިނަރު ބަލާ ފާސްކުރަން ފެށިއެވެ. އެ ކޮންޓެއިނަރުގެ ތެރޭގައި ދެ ޕެލެޓު ފުރާ މަސްތުވާތަކެތި ހުރި ކަމަށްވެއެވެ.
މި ކަމާއި ގުޅޭގޮތުން އިންތި ވިދާޅުވީ، ހުރިހާ ދިމާއަކުން ކޮރަޕްޝަން ވަދެފައިވާކަމަށެވެ. އަދި އެކަން އާންމު ވުމުގެ ނަތީޖާއަކަށް ވެގެން މިދަނީ ރާއްޖެ ކޮލަމްބިއާއަކަށް ވުން ކަމަށެވެ. އިންތިގެ ވާހަކައިގައި ކޮރަޕްޝަން ވަދެފައިވާކަމަށް ތުހުމަތު ކުރައްވާފައި އެވަނީ އެމްޕީއެލަށް އަމާޒުކޮށްކަމަށް ބެލެވެއެވެ.
އިންތި މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންގެ ބައިވެރިވުން އޮންނަކަމުގެ ވާހަކައަކީ އާންމު ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު