އިރުމަތީގެ ދެ ބާރު ކަމަށްވާ ޗައިނާއާއި ރަޝިޔާ ގުޅުވައިދޭ ކްރޮސް ބޯޑަރ ބްރިޖެއް ހުޅުވައިފިއެވެ.
މި ބްރިޖަކީ ރަޝިޔާގެ އިރުމަތީގައި އޮންނަ ބްލަގަވިޝްސިންކް ސިޓީއާއި ޗައިނާގެ ހޭއައިހެ ސިޓީ ގުޅުވައިދޭ 1 ކިލޯ މީޓަރުގެ ބްރިޖެކެވެ.
342 މިލިއަން ޑޮލަރުގެ މި ބްރިޖު ހުޅުވުމަށް ކުލަގަަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ޗައިނާއާއި ރަޝިޔާއިން ގަބޫލުކުރާ ގޮތުގައި މި ބްރިޖާއެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރެވޭނެއެވެ. އަދި ހުޅަނގުގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަުން ރަޝިޔާއަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ރަޝިޔާއާއި ޗައިނާއިން ފެބްރުއަރީމަހު ވަނީ އެއްވެސް ލިމިޓެއް ނެތް ވިޔަފާރީގެ ގުޅުމެއް ގާއިމްކުރުމަށް ނިންމާފައެވެ. އެހެންކަމުން މި ބްރިޖަކީ ދެ ގައުމުގެ ވިޔަފާރި އާއި ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެ ބްރިޖެކެވެ.
ބްލަގަވިޝްސިންކް-ހޭއައިހެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ވައިސް ޕްރިމިއަރ ހޫޗުންހުއާ ވިދާޅުވީ ރަޝިޔާއާއެކު ހުރިހާ ދާއިރާއަކުންވެސް ގުޅުން ވަރުގަދަކުރުމަށް ޗައިނާއިން ބޭނުންވާކަމަށެވެ.
ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިޓާލީ ސަވްލެވް ވިދާޅުވީ ބްރިޖާއެކު ޗައިނާއާއި ރަޝިޔާ ދެމެދު ހިނގާ ވިޔަފާރި އަހަރަކު އެއް މިލިއަން ޓަނުގެ މުދަލަށް އިތުރު ކުރެވިެގންދާނެކަމަށެވެ.
2016 ވަނަ އަހަރު ބިނާކުރަން ފެށި މި ބްރިޖުގެ މަސައްކަތް 2020 ވަނަ އަހަރު ވަނީ ނިންމާލާފައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ބްރިޖު ހުޅުވުން ލަސްވެގެންދިޔައީއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ބްރިޖާއެކު ދެ ގައުމުގެ މެދުގައި މުދާ ފޮނުވަން ހޭދަކުރާ ވަގުތު އެތައް ގުނައެއް އަވަސް ވެގެންދާނެއެވެ. ބްރިޖުން ޓޯލް ފީއެއް ނެގި ނަމަވެސް، ފަހުން އެ އަދަދު ކުޑަކުރާނެއެވެ.
ޗައިނާއާއި ރަޝިޔާއާ ދެމެދު ގިނަ ވިޔަފާރިތަކެއް ހިންގާއިރު، ރަޝިޔާގެ ތެލާއި ގޭހާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އެންމެ ގިނައިން ގަންނަ އެއް ގައުމަކީ ޗައިނާއެވެ.

The first road bridge between Russia and China officially opened. The bridge, which is just over one kilometer long, connects the Russian city of Blagoveshchensk with the Chinese city of Heihe https://t.co/VIiRtlxYpE pic.twitter.com/H14WIBLVX0
— Reuters (@Reuters) June 10, 2022
ބްލަގަވިޝްސިންކް-ހޭއައިހެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ވައިސް ޕްރިމިއަރ ހޫޗުންހުއާ ވިދާޅުވީ ރަޝިޔާއާއެކު ހުރިހާ ދާއިރާއަކުންވެސް ގުޅުން ވަރުގަދަކުރުމަށް ޗައިނާއިން ބޭނުންވާކަމަށެވެ.
ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިޓާލީ ސަވްލެވް ވިދާޅުވީ ބްރިޖާއެކު ޗައިނާއާއި ރަޝިޔާ ދެމެދު ހިނގާ ވިޔަފާރި އަހަރަކު އެއް މިލިއަން ޓަނުގެ މުދަލަށް އިތުރު ކުރެވިެގންދާނެކަމަށެވެ.
2016 ވަނަ އަހަރު ބިނާކުރަން ފެށި މި ބްރިޖުގެ މަސައްކަތް 2020 ވަނަ އަހަރު ވަނީ ނިންމާލާފައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ބްރިޖު ހުޅުވުން ލަސްވެގެންދިޔައީއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ބްރިޖާއެކު ދެ ގައުމުގެ މެދުގައި މުދާ ފޮނުވަން ހޭދަކުރާ ވަގުތު އެތައް ގުނައެއް އަވަސް ވެގެންދާނެއެވެ. ބްރިޖުން ޓޯލް ފީއެއް ނެގި ނަމަވެސް، ފަހުން އެ އަދަދު ކުޑަކުރާނެއެވެ.
ޗައިނާއާއި ރަޝިޔާއާ ދެމެދު ގިނަ ވިޔަފާރިތަކެއް ހިންގާއިރު، ރަޝިޔާގެ ތެލާއި ގޭހާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު އެންމެ ގިނައިން ގަންނަ އެއް ގައުމަކީ ޗައިނާއެވެ.
ކިޔުންތެރިންގެ ހިޔާލު