މަޝްހޫރު ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް ހުށަހެޅި ރޭޕްގެ މައްސަލަ، އެކޯޓުން ބޭރުކޮށްލައިފިއެވެ.
ނެތެރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެއް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 2009 ވަނަ އަހަރު އެމެރިކާގެ ލަސް ވެގާސްގެ ހޮޓަލެއްގައި އޭނާ ރޭޕްކުރިކަމަށް ބުނެއެވެ. ރޮނާލްޑޯ މިތުހުމަތުތައް ދޮގުކުރާއިރު، މިމައްސަލަ ކަމާއި ބެހޭ އެއްވެސް ފަރާތަކުން ދައުވާކުރުމަށް ހުށަހަޅާފައެއްވެސް ނުވެއެވެ.
2010 ވަނަ އަހަރު 375000 ޑޮލަރު ދިނުމުން ކޯޓަށް ނުގޮސް، ރޮނާލްޑޯއާއި އެ އަންހެން މީހާއާ ދެމެދު ވަނީ ސެޓްލްމަންޓް އެގްރިމަންޓެއްވެސް ހަދާފައެވެ.
ނަމަވެސް ފަހުން އަންހެން މީހާ ބުނެފައިވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރީ ޕްރެޝަރުތަކެއްގެ ސަބަބުންކަމަށެވެ. އަދި އެތައް މިލިއަން ޑޮލަރެއް ބަދަލުގެ ގޮތުގައި ހޯދުމަށް އެ އަންހެން މީހާ ވަނީ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކަށް ހުށަހަޅާފައެވެ.
ރޮނާލްޑޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަމުން މައްސަލަ ބެލި ފަނޑިޔާރު ޖެނިފަރ ޑޯސޭ ވިދާޅުވީ މައްސަލަ ހުށަހެޅި އަންހެން މީހާގެ ވަކީލު ގާނޫނާއި ހިލާފަށް ސިއްރު އަދި ރައްކާތެރިކުރެވިފަައިވާ މައުލޫމާތުތަކެއް މައްސަލަ ހުށަހެޅުމަށް ބޭނުންކޮށްފައިވާކަމަށެވެ. އަދި ވަކީލުގެ އަމަލުކޮށްފައިވާ ގޮތުން މައްސަލަ ކުރިއަށްގެންދިއުމުގެ ފުރުސަތު އަންހެން މީހާއަށް ގެއްލިފައިވާކަމަށްވެސް ފަނޑިޔާރުގެ ނިންމެވުމުގައިވެއެވެ.
މިދިޔަ އަހަރު އެމެރިކާގެ މެޖިސްޓްރޭޓް ކޯޓަކަށް މިމައްސަލަ ހުށަހެޅުމުން އެކޯޓުންވެސް ވަނީ އަންހެން މީހާގެ ވަކީލު އަމަލުކޮށްފައިވަނީ އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ.
މީގެއިތުރުން 2019 ވަނަ އަހަރު އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ ޝައްކެއް ނެތް މިންވަރަށް މި މައްސަލަ ސާބިތު ނުކުރެވޭނެތީ ރޮނާލްޑޯއާ ދެކޮޅަށް ދައުވާ ނުކުރުމަށް ނިންމާފައެވެ.
އަންހެން މީހާއާއެކު ގުޅުމެއް ހިންގިކަން ރޮނާލްޑޯ ދޮގެއް ނުކުރެއެވެ. ނަމަވެސް އޭނާ ބުނީ ހިނގި ކަމެއް ހިނގީ ދެ މީހުންގެ ރުހުމުގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު