ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށްކަމަށް ބުނެ އެމެރިކާގައި ބައެއް މީހުން ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ބޭހާއި އާންމުކޮށް ގޭތެރެ ސާފު ކުރުމަށް ބޭނުންކުރާ ބާވަތްތައް ބޭނުންކޮށްގެން ކާބޯތަކެތި ދޮވެ، ގައިގައި އުނގުޅާ އެފަދަ ތަކެތި ބޮއި ހަދާކަމަށް އެމެރިކާގެ ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުން ދިފާއު ވުމަށްކަމަށް ބުނެ އެމެރިކާގެ ބައެއް މީހުން މިފަދަ ތަކެތި ބޭނުން ކުރުމަކީ ކަންބޮޑުވާ ކަމެއްކަން ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ. މިކަން ހާމަވެފައިވަނީ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީން މޭމަހު އޮންލައިން ކޮށް ކޮށްފައިވާ ދިރާސާއަކުންނެވެ. ސީޑީސީން ކުރި މިދިރާސާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.
މި ދިރާސާއިން ދައްކާގޮތުން 39 އިންސައްތަ މީހުން އެފަދަ ބާވަތްތައް ރަނގަޅު ނޫން ގޮތުގައި ބޭނުން ކުރެއެވެ. އަދި އެމީހުން ގަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން ފައިދާވެސް ކުރެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 19 އިންސައްތަ މީހުން ކާބޯތަކެތި ސާފު ކުރުމަށް ބްލީޗް ބޭނުން ކުރާކަމަށް ބުނެފައި ވެއެވެ. އަދި ދިރާސާގައި ބައިވެރިވި 18 އިންސައްތަ މީހުން، ގެދޮރު ސާފު ކުރަން ބޭނުންކުރާ ބާވަތްތައް ސީދާ ގައިގާ އުނގުޅާ ހަދާކަމަށް ބުނެފައިވާއިރު ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ސްޕްރޭ ފަދަ ތަކެތި ގަޔަށް ޖަހައި ހަދާކަމަށް ހައެއް އިންސައްތަ މީހުން ބުނެފައި ވެއެވެ. މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ބްލީޗް ސޮލިއުޝަން، ސައިބޯނިފެން އަދި ޑިސްއިންފެކްޝަން ފަދަ ބާވަތްތައް ބޮއި ނުވަތަ ކަރުތެރެ ދޮވުން ފަދަ ކަންކަމަށް ބޭނުން ކުރާމަށްވެސް ބުނެފައި ވެއެވެ.
ސީޑީސީން ބުނެފައިވަނީ މިފަދަ ބާވަތްތައް ބޭނުން ކުރުމުން ބޮޑެތި ގެއްލުންތައް އިންސާނުންގެ ހަށިގަނޑަށް ލިބޭނެ ކަމަށާއި މިއީ އެގޮތަށް ބޭނުން ކުރުމަށް ވަރަށް ނުރައްކާތެރި ބާވަތްތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ދުރުހެލި ވުމަށް ސީޑީސީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު