ފްރާންސްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް އާދީއްތަދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާރުގެ ރައީސް އެމަނުއަލް މެކްރޮންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ގެއްލިދާނެކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.

އެގްޒިޓް ޕޯލްއަކީ ވޯޓްލީ މީހުންނާއި ސުވާލުކޮށްގެން ހޯދާ ނަތީޖާތަކެކެވެ.

އެގްޒިޓް ޕޯލްތަކުން ދައްކާގޮތުން މެކްރޮން ކޯލިޝަނަށް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ 577 ގޮނޑީގެ ތެރެއިން މެޖޯރިޓީ ގޮނޑި ލިބުނުނަމަވެސް، މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ނުލިބިދާނެއެވެ.

އެގްޒިޓް ޕޯލްތަކުން ދައްކާގޮތުން މެކްރޮންގެ ކޯލިޝަންއާ އެންމެ ގާތުން ވާދަކުރާ 4 ޕާޓީއެއް ހިމެނޭ ނުޕޭސް ކޯލިޝަނަށްވެސް، މެކްރޮންގެ ކޯލިޝަނަށް ލިބިފައިވާ އަދަދާއި ގާތްކުރާ އަދަދަކަށް ގޮނޑިތައް ލިބޭނެއެވެ. ނަމަވެސް އެއްވެސް ބަޔަކަށް ސާފު އަޣްލަބިއްޔަތު ލިބޭނެކަމަކަށް ނުދައްކައެވެ.

ބައެއް ޕްރޮޖެކްޝަންތައް ދައްކާގޮތުން މެކްރޮންގެ ކޯލިޝަނަށް ވޯޓްލީ މީހުންގެ 25.8 އިންސައްތަ އަދި ނުޕޭސް ކޯލިޝަންއަށް ވޯޓްލީ މީހުންގެ 25.8 އިންސައްތަ ވޯޓް ލިބޭނެއެވެ. ނަމަވެސް މިއީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑީގެ އަދަދު ލިބޭނެކަމަށް ބަލާ އިންސައްތައެއް ނޫނެވެ.

ގޮނޑީގެ އަދަދުން ބަލާނަމަ 577 ގޮނޑީގެ ތެރެއިން 255 - 310 ގޮނޑި

ެމެކްރޮންގެ ކޯލިޝަނަށް ލިބޭނެކަމަށް އެގްޒިޓް ޕޯލުން ދައްކައެވެ. އަދި ނުޕޭސް ކޯލިޝަނަށް 150 - 220 ގޮނޑި ލިބޭނެކަމަށް ދައްކައެވެ. 3 ވަނައިގައި އުޅޭ ކުރީގެ ރިޔާސީ ކެނޑިޑޭޓް މަރިން ލަ ޕެންގެ ކޯލިޝަނަށް ލިބޭނެކަމަށް ދައްކަނީ 45 ވަރަކަށް ގޮނޑިއެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދާ ފަރާތްތަކަށް ބާއްވާ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ އާދިއްތަދުވަހުއެވެ.

ހަބަރުތައް ބުނާގޮތުން އެހެން އިންތިހާބުތަކާއި އަޅާބަލާއިރު މި އިންތިހާބުގައި ވޯޓްލާން ނިކުތް މީހުންގެ އަދަދު މަދެވެ. އެގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓްލާން ނިކުތީ 47 އިންސައްތަ މީހުންނެވެ.

މި އިންތިހާބުގައި 577 ގޮނޑިއަށް 6293 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދާއިރާއަކަށް 11 ކެނޑިޑޭޓުންނެވެ. މީގެތެރެއިން 55.8 އިންސައްތަ ނުވަތަ 3514 ކެނޑިޑޭޓުންނަކީ ފިރިހެނުންނެވެ. އަދި 44.2 އިންސައްތަ ނުވަތަ 2779 އަކީ އަންހެނުންނެވެ.

ފްރާންސް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކުރިއަށްދާއިރު، މިދިޔަ އޭޕްރީލްމަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މެކްރޮން ވަނީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އަދި އޭނާގެ ރީފޯމް އެޖެންޑާ ތަންފީޒުކުރުމަށް މަޖިލީހުގެ ސާފު އަޣްލަބިއްޔަތެއް ވަރަށް މުހިއްމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން