ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އެއަރލައިންކަމަށްވާ އަބޫދާބީގެ އިއްތިހާދު އެއަރވޭސްއަށް ކެބިން ކުރޫއިން ހޯދުމަށް އިއުލާންކޮށްފިއެވެ.

އިއްތިހާދު އެއަރވޭސްއިން ބުނީ އެ އެއަރލައިންގެ ކެބިން ކުރޫއިންނަށް ވާން ބޭނުންވާ ފަރާތްތަކުން ސީވީ ހުށަހެޅުމުގެ ފުރުސަތު ދުބާއީގައި ހުންނަ ދުސިއްތާނީ ރިސޯޓުގައި ހޯމަދުވަހު ހުޅުވާލާނޭކަމަށެވެ. އަދި އޭގެތެރެއިން ހޮވޭ ފަރާތްތަކަށް 14 އަދި 15 ޖޫންގައި އެސެސްމަންޓްތައް ހެދުން ކުރިއަށްދާނެއެވެ.

އިއްތިހާދު އެއާރވެސްގެ ކެބިން ކުރޫއިންނަށް ބޮޑެތި މުސާރައާއި، ޓެރެވަލް އެލަވަންސާއި ޒަމާނީ ފެންވަރުގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެއެވެ.

މިދިޔަ އޮކްޓޫބަރުމަހު އިއްތިހާދުން ވަނީ 1000 ކެބިން ކުރޫއިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އަދި ޔޫއޭއީގެ އިތުރުން، މިސްރު، ލެބަނަން، ރަޝިޔާ، ސްޕެއިން، އިޓަލީ އަދި ނެދަލޭންޑްސްގައިވެސް ކެބިން ކުރޫއިން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެއަރލައިނުން ބުނެއެވެ.

ޔޫއޭއީގެ އެއަރލައިންތަކުން ދަނީ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމިރޭޓްސްއިން ވަނީ އައިޓީ ދާއިރާއިން 500 އެއްހާ މުވައްޒުން ރެކްރޫޓް ކުރުމަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން