ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ނުސީދާކޮށް ރައީސް ނަޝީދަށް އަމާޒުކޮށް ރީކޯ ވަނީ، ޕާޓީން ކަނޑާނުލައިގެން، އެހެން މީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސްކަން ކޮށްފައި ޕާޓީ ދޫކޮށްދާ މީހުންގެ ހާލަކީ 3000 މެންބަރުންވެސް ހަމަ ނުވުންކަމަށެވެ.
ރީކޯގެ ވަނީ، 7 ފެބްރުއަރީ ފަދަ ޅައެއްޗެއް ނޭޅުއްވުމަށް ވެސް ރައީސް ނަޝީދަށް ގޮވާލައްވާފައެވެ. ރީކޯ މިފަދައިން ވިދާޅުވީ ސީދާ ކޮން ސަބަބަކާހެދިކަމެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.
ނަމަވެސް، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާއިއެކު އެމަނިކުފާނުގެ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނެރުނު ވިޕާއި ހިލާފަށް ވޯޓު ދެއްވަން ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި އެމަނިކުފާނުގެ އެދުމަށް 16 މެންބަރަކު ވަނީ ވިޕާއި ހިލާފަށް ވޯޓުދޭން އެއްބަސްވެފައެވެ.

ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށްނުވެވިގެން ނުވަތަ އަމިއްލަ ޕަަޓީއެއް އުފައްދަންލަދުން އުޅުއްވާނެކަމެއްނެތް ރައީސްކަން ކޮށްފަ ޕާޓީދޫކޮށްފަ ދާ މީހުންގެޙާލަކީ 3000 މެމްބަރުނވެސް ހަމަވަނީ މަރަށްފުރާނަޔަށްކިރިޔާ 7ފެބްރުއަރީ ކަހަލަ
— Moosa Maniku (Reeko) (@ReekoMoosa) June 13, 2022
ޅައެއްޗެއްނާޅާތި
ނަމަވެސް، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާއިއެކު އެމަނިކުފާނުގެ މަގުބޫލުކަން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނެރުނު ވިޕާއި ހިލާފަށް ވޯޓު ދެއްވަން ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި އެމަނިކުފާނުގެ އެދުމަށް 16 މެންބަރަކު ވަނީ ވިޕާއި ހިލާފަށް ވޯޓުދޭން އެއްބަސްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު