ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފެށިތާ ފުރަތަމަ 100 ދުވަސް ތެރޭގައި، ތެލާއި ހަކަތައިގެ އާމްދަނީން ރަޝިޔާއަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރު ލިބިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ފިންލޭންޑުގެ ޖަމިއްޔާއެއްކަމަށްވާ، ސެންޓަރ ފޮރ ރީސާޗު އޮން އެނާޖީ އެންޑް ކްލީން އެއަރ، ސީއާރުއީއޭއިން ނެރުނު ރިޕޯޓެއްގައި ބުނީ މިދިޔަ ފެބްރުއަރީމަހު ހަނގުރާމަ ފެށިތާ ސަތޭކަ ދުވަސްވީއިރު، ތެލާއި ހަކަތައިގެ އާމްދަނީން ރަޝިޔާއަށް 98 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާކަމަށެވެ.
މި ރިޕޯޓްގައިވާ ގޮތުން މި 100 ދުވަހުގެ ތެރޭގައި ރަޝިޔާއިން އެންމެ ގިނައިން ތެލާއި ހަކަތައާއި ގޭސް ގަނެފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ 61 އިންސައްތަ ނުވަތަ 60 ބިލިއަން ޑޮލަރެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު ޗައިނާއިން 13.2 ބިލިއަން ޑޮލަރު، ޖަރުމަނުން 12.7 ބިލިއަން ޑޮލަރު، އިޓަލީ 8.2 ބިލިއަން ޑޮލަރު، ހޮލެންޑު 8.4 ބިލިއަން ޑޮލަރު، ތުރުކީ 7 ބިލިއަން ޑޮލަރު، ޕޮލެންޑު 4.6 ބިލިއަން ޑޮލަރު، ފްރާންސް 4.5 ބިލިއަން ޑޮލަރު އަދި އިންޑިއާއިން ވަނީ 3.6 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުން ރަޝިޔާއިން ތެލާއި ގޭހާއި ބޯޓުދެލި ގަތުމުން ހުއްޓާލުމަށް ނުވަތަ މަދުކުރުމަށް ނިންމި ނަމަވެސް މި އަދަދުތަކުން އެކަން ނުފެންނަކަމަށް ހަބަރުތައް ބުނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާއެކު ކުރާ ވިޔަފާރި މަދުކުރިނަމަވެސް، ތެލުގެ އަގު އުފުލެމުން ދިއުމާއެކު ރަޝިޔާއަށް އޭގެ ފައިދާ ކުރާނެއެވެ.
ހަކަތައިގެ ދާއިރާއިން ރަޝިޔާއަށް މިދިޔަ 100 އެއްހާ ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއަށް ބަލާއިރު އޭގެތެރެއިން 48.2 ބިލިއަން ޑޮލަރަކީ ސާފު ނުކުރާ ތެލުން ލިބުނު އާމްދަނީއެވެ. ޕައިޕްލައިން ގޭހުން 25.1 ބިލިއަން ޑޮލަރު، އޮއިލް ޕްރޮޑަކްޓްސްއިން 13.6 ބިލިއަން ޑޮލަރު، ލިކުއިޑިފައިޑް ނެޗުރަލް ގޭހުން 5.3 ބިލިއަން ޑޮލަރު އަދި ބޯޓުދެލިން 4.8 ބިލިއަން ޑޮލަރު ހިމެނެއެވެ.
ސީއާރުއީއޭއިން ނެރުނު ރިޕޯޓުގައިވާ ގޮތުން މިދިޔަ 100 ދުވަހު ތެލާއި ގޭސް އެކްސްޕޯޓް ކޮށްގެން ރަޝިޔާއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އަނެއްކޮޅުން ޗައިނާ، ޔޫއޭއީ، އިންޑިއާ އަދި ފްރާންސްއިން ރަޝިޔާގެ ތެލާއި ގޭސް ގަންނަ މިންވަރު ވަނީ އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު