ލަންކާގައި ކުރިއަށްގެންދަން އިއުލާންކުރި ހަކަތައިގެ މަޝްރޫއެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތްގުޅުމެއް ބާއްވާ އަދާނީ ގްރޫޕަށް ދިނުމަށް ލަންކާގެ ސަރުކާރަށް ޕްރެޝަރުކުރި މައްސަލައެއް ފެންމަތިވެ، ލަންކާގެ އިލެކްޓްރިސިޓީ ބޯޑުގެ ޗެއަރމަން އިސްތިއުފާދެއްވައިފިއެވެ.
މިމައްސަލަ ފެންމަތިވީ މިދިޔަ ހުކުރުދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް ލަންކާގެ އިލެކްޓްރިސިޓީ ބޯޑުގެ ޗެއަރމަން އެމްއެމްސީ ފެނާންޑޯ ދެއްވި ބަޔާނެއްގެ ސަބަބުންނެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފެނާންޑޯ ވިދާޅުވީ މިދިޔަ ނޮވެމްބަރުމަހު ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަރިހަށް އޭނާ ހާޒިރުކުރުމަށްފަހު ލަންކާގެ އުތުރުގައި ވައިން ހަކަތަ އުފައްދާ ޕްރޮޖެކްޓެއް އިންޑިއާގެ ބިލިއަނަރު އަދާނީގެ ކުންފުންޏަށް ދިނުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ޕްރެޝަރުކުރަމުންދާކަމަށް ގޮތަބަޔާ ވިދާޅުވިކަމަށެވެ. އަދި ލަންކާގެ ރައީސްގެ އެދުމުގެ މަތިން ކަންކަން ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއަކުން ދެންނެވިކަމަށްވެސް ކޮމިޓީގައި ވާހަކަދައްކަވަމުން ފެނާންޑޯ ވިދާޅުވިއެވެ.
ނަމަވެސް ލަންކާގެ ރައީސް ގޮތަބަޔާ ވަނީ އިލެކްޓްރިސިޓީ ބޯޑުގެ ޗެއަރމަން އެމްއެމްސީ ފެނާންޑޯ ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ އިރުޝާދެއް ނުދެއްވާކަމަށް ވަނީ ވިދާޅުވެފައެވެ.
ފެނާންޑޯ ދެއްކެވި ވާހަކަތަކާއި ގުޅިގެން ލަންކާއާއި އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އެ ގައުމުތަކުގެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މިމައްސަލަ ހޫނުވުމުން ލަންކާގެ އިލެކްޓްރިސިޓީ ބޯޑުގެ ޗެއަރމަން ވަނީ އޭނާ ދެއްކެވި ވާހަކަތައް އަނބުރާ ގެންގޮސް، މަގާމުންވެސް އިސްތިއުފާދެއްވާފައެވެ.
އަނެއްކޮޅުން މިމަހުގެ 9 ވަނަ ދުވަހު ލަންކާގެ ގާނޫނުހަދާ މަޖިލީހުން ވަނީ ހަކަތައާއި ބެހޭ މަޝްރޫޢުތަކުގެ ބީލަން މަރުހަލާ ކުރިއަށްގެންދާ ގޮތުގެ ގާނޫނު އިސްލާހުކޮށްފައެވެ. ލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މިއި އަދާނީ ގްރޫޕަށް ފަސޭހަކޮށްދޭން ކުރިކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު