ހަރުކަށި ފިކުރު ނައްތާލުމަށް ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ފަންޑުކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ މުޖުތަމައުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާ ތަކެއް ބޭނުންނުވާ ކަމަށެވެ. ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަަނަށް ދިމާވި އެންމެ ބޮޑު އެފަދަ މައްސަލަތައް ހައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން ކަމަށެވެ.



"އޭގެ ތެރޭގައި ހިމަންދޫއާއި މާލޭގައި ވަކިން ޖަމާއަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަ ކަންކަން ނިމުމަކަށް ގެނެވެނު." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވުމެން ޖަމިއްޔާއާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީއާއި އަދި އިސްލާމިކް ޔުނިވަސިޓީން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ ހަފްތާރެސްގައި ހަރުކަށި ފިކުރަށް ކުދިން ހިނގައިދާނެ އަލާމާތްތަކެއް ވަނީ ކިޔައިދީފައެެވެ.

އެ ޝެޝަންގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.

ނަމަވެސް ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެފައިނުވާނެ ކަމަށް ބުނެ ޔޫތު މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު