ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ބޭނުން ހިފުމަށް އެޕާޓީ ހިންގަން ތިބި މީހުން ނުކުޅެދިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ ސަރުކާރަށް ނޫން ކަމަށާއި، ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށް ކަމަށެވެ.
"ޕާޓީ ހިންގަން ތިބި މީހުންނަށް ވަނީ އޭގެ (ސުޕަ މެޖޯރިޓީގެ) ބޭނުން ރައްޔިތުންނަށް ފައިދާވަނިވި ގޮތަކަށް އޭގެ ބޭނުން ހިފުމަށް ނުކުޅެދިފައި. މި ހަގީގަތާއި ކުރިމަތިލައްވާ." އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބޭބެ އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
އާ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަންވެސް ކުރެއްވި އިބްރާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުންނަވާނަމަ އެޕާޓީއެއްގެ އުސޫލު ތަކަށް ބޯލަނބަން ވާނެ ކަމަށެވެ.
ޕާޓީގެ އެ އުސޫލުތައް ކަމުނުދާނަމަ އުސޫލުތައް ބަދަލުކުރެވޭތޯ މަސައްކަތް ކުރާނީ ކަމަށާއި، އެކަން ވެސް ކުރަންޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އިބްރާ ވިދާޅުވިއެވެ.
"މިހެން ނުވަންޏާ މަގާމު ދޫކޮށްލާނީ. ނޫނީ ޕާޓީން ވަކިވާނީ." އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނަށް ބައިއަތު ހިފާ 19 މެމްބަރުންނާއެކު ޕިޖީ ގުރޫޕްގެ ވިޕާއި ޚިލާފަށް ވޯޓް ދިނުމަށް ނިންމާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެޕާޓީގެ ވިޕާ އެއްވެސް މެމްބަރަކު ޚިލާފުވެއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

Mivaagotheh eba olhey.
— Maverick Ibra (@ibramandhu) June 14, 2022
Eh ireggaives sarukaarah majlihuge super majority eh rayyithun nudhey.
Rayyithun super majority dhinee #MDP ah. Party hingan thibi meehun vanee rayyithunnah faidhaavanivi gothakah eyge beynun hifumah nukulhedhifai.
Mi h'aqeeqathaa kurimathi laan vee.
އާ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަންވެސް ކުރެއްވި އިބްރާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުންނަވާނަމަ އެޕާޓީއެއްގެ އުސޫލު ތަކަށް ބޯލަނބަން ވާނެ ކަމަށެވެ.
ޕާޓީގެ އެ އުސޫލުތައް ކަމުނުދާނަމަ އުސޫލުތައް ބަދަލުކުރެވޭތޯ މަސައްކަތް ކުރާނީ ކަމަށާއި، އެކަން ވެސް ކުރަންޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އިބްރާ ވިދާޅުވިއެވެ.
"މިހެން ނުވަންޏާ މަގާމު ދޫކޮށްލާނީ. ނޫނީ ޕާޓީން ވަކިވާނީ." އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނަށް ބައިއަތު ހިފާ 19 މެމްބަރުންނާއެކު ޕިޖީ ގުރޫޕްގެ ވިޕާއި ޚިލާފަށް ވޯޓް ދިނުމަށް ނިންމާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެޕާޓީގެ ވިޕާ އެއްވެސް މެމްބަރަކު ޚިލާފުވެއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު