ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ހޯމަދުވަހު މޮބިލައިޒްކޮށްފައިވާކަމަށެވެ.
ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ކުރިއަށްދާނީ އެރަށުގެ ހުޅަނގު-އިރުމަތީ ކޮޅުގައެވެ.
މި މަޝްރޫއަކީ އޯރކިޑް ހޯލްޑިންގގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިންގާ ކުންފުންޏެކެވެ. މިގޮތުން، މިދިޔަ އަހަރު މި ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއެވެ.
މި މަޝްރޫޢުގެ ދަށުން މި ކުންފުނިން ވައްޓަރުފަޅު ފަރުގައި އޮންނަ 3 އަރޓިފިޝަލް ރަށެއްގެ ބިން ހިއްކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

We have mobilized K. Bandos Shore Protection Project (South-East) site on 13th June 2022.#MTCCProjects #RayyithungeKunfuni pic.twitter.com/LgbCqd3Vqh
— MTCC Plc (@MTCCPlc) June 15, 2022
އެމްޓީސީސީއަކީ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައްވެސް ހިންގާ ކުންފުންޏެކެވެ. މިގޮތުން، މިދިޔަ އަހަރު މި ކުންފުނިން ނިންމާ ހަވާލުކޮށްފައިވާ "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" އަކީ މިފަދަ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއެވެ.
މި މަޝްރޫޢުގެ ދަށުން މި ކުންފުނިން ވައްޓަރުފަޅު ފަރުގައި އޮންނަ 3 އަރޓިފިޝަލް ރަށެއްގެ ބިން ހިއްކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު