ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިލަދުންމަޑުލު އުތުރުބުރި އާއި މިލަދުންމަޑުލު ދެކުނުބުރިއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ށ. އަދި ނ.އަތޮޅަށް ވަޑައިގެންނަވާނީ މިމަހުގެ 17 އިން 19އަށް ކަމަށެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ ވަޑައިގަންނަވާނީ ށ. ފުނަދުއާއި ނ. ހޮޅުދުއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާ އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިދިޔަ މޭމަހުގެ ފަހުކޮޅު އއ.އުކުޅަހަށެވެ. އެއީ ވިއަވަތި ކޮންފަރެންސަށެވެ. އޭގެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ވަނީ މާމިގިއްޔަށް ވަޑަައިގެންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު