މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ތައުލީމު ހާސިލްކޮށްފައިވާ ދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ.
މަދީނާ އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ގިނަ ބައެއްގެ ތާއީދާއި ލޯބި ލިބިވަޑައިގެންފައިވާ ޑރ. ޝަހީމަށް މި އެވޯޑް އެރުވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުން އަދި މަދީނާގެ އަމީރު ފައިސަލް ބިން ސަލްމާންއެވެ.
ޖާއިޒަތުލްޚިއްރީޖީނައްރުއްވާދުގެ ނަމުގައި ދޭ މި އެވޯޑަކީ އެ ޔުނިވަސިޓީގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާ އަދި ލީޑަޝިޕް ހުނަރު ދައްކަވަމުން ގެންދަވާ ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެކެވެ.
އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއްކަމަށްވާ ޑރ.ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާއި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ޑރ. ޝަހީމްއަކީ ރާއްޖޭގައި އުފައްދާފައިވާ ގައުމީ ފެންވަރުގެ ޖަމިއްޔާއެއް ކަމުގައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ އެންމެ އިސްވެރިޔާވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު