އިންޑިއާއިން މުސްލިމުން ނައްތާލަން އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީން އަމަލުކުރަމުންދަނީ އެކި ނަސްލުތައް ނައްތާލުމަށް ޒަޔަނިސްޓުންނާއި ނާޒީން އަމަލުކުރި ގޮތަށްކަމަަށް ދިވެހިރާއްޖެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
"ނަބިއްޔާގެ ދިފާއުގައި" މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އިސްލާމް ދީނާއި ނަބިއްޔާގެ ދިފާއުގައި ވަރުގަދަ ތަގުރީރެއް ދެއްވާފައެވެ. އަދި ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ އިލްމީ ތަގުރީރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ތަގުރީރުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ އިންޑިޔާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހައްދު ފަހަނައަޅާފައިވާ ބީޖޭޕީއާއި ބީޖޭޕީގެ ސަރުކާރުން މުސްލިމުންނާއި މެދު ހިންގާ ލާއިންސާނީ އަނިޔާތަކުގެ މައްޗަށެވެ. އަދި ބީޖޭޕީއަކީ އާރުއެސްއެސްގެ ސިޔާސީ ގޮފިކަމަށާއި، އާރުއެސްއެސްގެ ބޭނުމަކީ އެހެން ދީންތަކާއި ނަސްލުގެ މީހުން އިންޑިއާއިން ބޭރުކޮށް، ހަމައެކަނި ހިންދޫއިން އުޅޭ ގައުމެއް ނުވަތަ ރަސްކަމެއް އުފެއްދުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ މިއަދު ނަގައިދޭ ފިލާވަޅުތަކުގައިވެސް ދަސްކޮށްދެނީ މުސްލިމުންނަށް ނަފްރަތު އުފެއްދުމަށްކަމަށެވެ. އަދި ޅަ ކުދިންނަށް އަމާޒުކޮށް ނެރޭ ލަވަތަކުގައި މުސްލިމުންނަށް އިތުބާރުނުކުރުމަށް ކިޔައިދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ހިންދޫއިން ނުރުހޭ މީހުންނާއި ދެކޮޅަށް ގަތުލް އާއްމުތައް ހިންގަމުންދާކަންވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ މިއަދު އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ އަމަލުތަކަކީ، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ޔާހޫދީ ޒަޔަނިސްޓުން އަދި ޖަރުމަންވިލާތުގައި އުޅުނު މީހުންނާއި ދެކޮޅަށް ނިއޯނާޒީން ހިންގިފަދަ ނަސްލު ނައްތާލުމުގެ އަމަލުތަކެއްކަމަށެެވެ. އަދި ޔަހޫދީންނަށްވުރެވެސް ހިންދޫއިން މުސްލިމުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާކަމަށް ރައީސް ސިފަކުރެއްވިއެވެ.
ރާއްޖޭގައި ހިނގާ ކަންކަމަށް އިޝާރާތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެބައެއްގެ ދީނާއި ސަގާފަތާ ބެހުމަށް ހުއްދަ ދެވިގެންނުވާނެކަމަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެކަހަލަ ކަންކަން ފެންނަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް މުޖުތަމެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެކަމެއް އޮވޭ. އެ ދެކަމަކީ އެބައެއްގެ ދީނާ ބެހުން. ދެވަނަ ކަމަކީ އެބައެއްގެ ސަގާފަތާބެހުން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ދިވެއްސަކު އަދި މުސްލިމަކު ގަބޫލުކުރާނެކަމަކަށް ނުވާއިރު އެކަންކަމާ ކުރިމަތިލާން ދަސްކުރަންޖެހޭކަމަށެވެ.
އިންޑިއާގެ ހައްދު ފަހަނަ އަޅާފައިވާ ބީޖޭޕީގެ ވެރިންތަކެއް ރަސޫލާއަށް ފުރައްސާރަކުރުމާއި ގުޅިގެން އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަމުންދާއިރު، ރާއްޖެއިން އެކަން ކުއްވެރިކުރީ ވަރަށް ފިނިކޮށެވެ. އަދި ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް އިންޑިއާގައި މުޒާހަރާކުރާ މީހުން މަރަމުންދާއިރު، ބައެއް މީހުންގެ ގެތައް ދަނީ ސުންނާފަތި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު