މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދަތުރުދާން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ތަރައްގީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ޖުލައިމަހުގެ ފަހު ހަފްތާގައި ޢާއްމުން ބޭނުންކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރައްމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކުރި ކ.ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ބައްލަވާލައްވާފައެވެ.
އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީ ގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްޞާވާ 5 ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
ބިން ހިއްކާ ނިމި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން ރަށުގެ ބީޗްތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން ކުރިއަށްގެންފާ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ރަށުގައި ޖެޓީ ހެދުމާއި، ރިސެޕްޝަނާއި ސްޓާފް އެކަމަޑޭޝަންގެ މަސައްކަތަކީ އެމްޓީސީސީގެ މަސައްކަތްތައްކަން އާޒިމް ފާހަގަކުރެއްވިއެވެ.
ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވިދާޅުވީ، ރަށް ފުރަތަމަ ހުޅުވާލާއިރު، އެކަމަޑޭޝަން ބްލޮކްތައް ނުހުންނާނެކަމަށެވެ. ނަމަވެސް އާއްމު ދެން ޕިކްނިކް އައިލެންޑަކުން ލިބެންޖެހޭ އާއްމު އެހެން ހުރިހާ ޚިދުމަތްތައް ހުންނާނީ ޤާއިމުވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
ސުހައިލު ވިދާޅުވީ ޖުލައި 26އަށް ރަށް ބޭނުންކުރަން ހުޅުވާލާވަރަށް މަސައްކަތްތައް ނިމޭނެކަމަށެވެ.
" ސަރުކާރުން ހަވާލުކޮށްފައިވާގޮތަށް ޖުލައި 26އަށް މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލާވަރަށް މި މަސައްކަތްތައް ނިމޭނެ" ސުހައިލް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީއާއި ފެނަކަ އަދި ސްޓެލްކޯ ގުޅިގެން ދަނީ ރަށުގެ ޔުޓިލިޓީ ވިއުގަތަށް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަސައްކަތްތައްވެސް ކަނޑައެޅިފައިވާގޮތަށް އަންނަ މަހު ނިންމުމަށް އެ ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ސަރުކާރާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުގެ އިސްވެރިނާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޑަގިރިއަކީ ސްޕީޑް ބޯޓެއްގައި ދަތުރުކޮށް، މާލެއިން ފުރައިގެ 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު