ރާއްޖޭގެ އިގްތިސާދާ ގުޅޭ މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެއާ މާދުރު ވާހަކަތަކަކުން އިދިކޮޅު ޕީޕީއެމުން ސިޔާސީ ފައިދާއަށް ކުރާ ކަންކަމަށް ހިތްވަރު ނުދެއްވަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައީސް ނަޝީދު އަރިހުން އެގޮތަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވައިގެން ކުރެވުނު ބަހުސަކާއި ގުޅިގެންނެވެ. އެގޮތުން ދަރަނި މައްޗަށް ދަރަނި ނަގައި ރާއްޖެ ބަނގުރޫޓުވުމާ ހިސާބަށް ހިނގައިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެކަމާ ގުޅިގެން ވަޓްސް އަޕް ގުރޫޕްގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ހަގީގަތް ރަނގަޅަށް ބައްލަވައި އޭގެ މައްޗަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.
އަދި ރާއްޖޭގެ އިގްތިސާދާ ގުޅޭ މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެއާ މާދުރު ވާހަކަތަކަކުން އިދިކޮޅު ޕީޕީއެމުން ސިޔާސީ ފައިދާއަށް ކުރާ ކަންކަމަށް ހިތްވަރު ނުދެއްވަން ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ. ފައްޔާޒު ވިދާޅުވީ ރައީސާއި މި ސަރުކާރާއި ދެކޮޅު މީހުން ހަގީގަތެއް ނެތް ވާހަކަތައް ހަގީގަތަކަށް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބޭނުމަކީ ސަރުކާރު ވައްޓާލުމަށްޓަކައި ހަމައެކަނި އޮތް ގޮތަކީ ގައުމު ފުނޑުފުނޑުކޮށްލައިގެން ނަމަވެސް އެކަން ކުރުން. މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް. ހިންގަވާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ،" މި ސަރުކާރު ދެމެހެއްޓުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އިގްތިސާދާއި ގުޅޭ މައުލޫމާތުތައް ފެންނަން ހުއްޓައި އިގްތިސާދީ ދޮގުތައް ހެދުމަކީ ޕީޕީއެމުން ވަރަށް ވަރުގަދަައަށް ރާވައިގެން ކުރާ ކަމެއްކަމަށެވެ. އެކަމަކު ޔޫރަޕާއި އެމެރިކާގެ ފައިނޭންޝަލް އިންސްޓިޓިއުޝަންސްތަކުން ވެސް ރާއްޖޭގެ އިގްތިސާދާއި ދަރަނީގެ މައްސަލައަށް ފުރިހަމަ އިތުބާރު އޮތް ކަން އިއްޔެ ވެސް ހާމަވެގެން ގޮސްފައިވާ ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އަމާޒުކޮށް އިގްތިސާދާ ދަރަނީގެ ފުލް އިންފޮމޭޝަން ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އޭރުން ވަރަށް ގިނަ ޝައްކުތައް ފިލައިގެންދާނެ ކަމަށް ބެލެވޭ ކަމަށެެެވެ.
ފައްޔާޒަށް ރައްދު ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓެނީ ނަމަ ކުރާނެ ކަމެއް ނެތް ކަމަށާއި، ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެއްދެވޭނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 2019 ގައި ދަރަނި އަދާކުރަން ދަރަނި ނެގީ އެކަން ނުކުރައްވަން އެމަނިކުފާނު އާދޭސްކުރައްވަނިކޮށް ކަމަށެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 117 ޕަސެންޓަށް އަދި ޑެފިސިޓް މިހާ ބޮޑުވެފައި ވަނީ ވެސް 2019 ގައި އަމަލުކުރި ގޮތުން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްްވިއެވެ.
"އަޅުގަނޑު ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބޫއާ. ތި ބޭފުޅުންނަކާ ނޫން. ދެން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ގޮތް އަޅުގަނޑު ހާމަކުރާނެ." ފައްޔާޒަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ދަރަނި ނެގުމުގެ ފެންވަރު އިގްތިސާދުގައި އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އަދިވެސް ދަރަނި ނަގަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ދަރަނި ނަގައިގެން ކުރިއަށް އޮތް ތަނުގައި ވެސް މަޝްރޫއުތައް ހިންގަންވީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު