ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ މި ސަރުކާރު ބަދަލު ކުރާނީ ވޯޓުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ރައްދު ދެއްވައިފިއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މެދުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ހިނގި ހޫނު ބަހުސަކާއި ގުޅުވައިގެންނެވެ. އެ ގްރޫޕްގައި މިއަދު ހިނގާފައިވާ ބަހުސަކީ މައިގަނޑު ގޮތެއްގައި ގައުމުގެ ދަރަންޏާ ގުޅޭ ބަހުސެކެވެ. ގުރޫޕްގައި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައްދު ދެއްވާފައެވެ. އަދި އެ ވާހަކަތައް ހޫނުވެ، ރައީސް ނަޝީދު ވަކި ހިސާބަކުންވަނީ، ރިޔާސީ ޓިކެޓުގެ ވާހަކަ ވެސް ދައްކަވާފައެވެ.
ދަރަންޏާއި ގުޅޭގޮތުން އެމްޑީޕީގެ ތެރޭގައި ދެކެވުނު މި ވާހަކައިގައި، ދެ ވަޒީރުންވެސްވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ދިފާއު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ގެންދަވަނީ، އިދިކޮޅު ޕީޕީއެމުން ސަރުކާރު ވައްޓާލުމަށް ފަތުރަމުންދާ ވާހަކައަށް ހިތްވަރު ދެއްވަމުން ކަމުގެ ތުހުމަތު ފައްޔާޒު ވަނީ ކުރައްވާފައެވެ.
އެއާއި ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ، ސްކޫލްތައް ރަހުނުކޮށް، ލޯނު ނަގައިގެން ސަރުކާރުގެ ރިކަރަންޓް ހަރަދުތަކަށް ހޭދަ ކުރާކަމާއި ކުންފުނިތައް ބަނގުރޫޓްވާއިރު ވެސް ކުންފުނިތަކުން ބޭކާރު ދަތުރުތައް ކުރާ ވާހަކަ ދެއްކުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.
އަދި މި ވެރިކަން ވައްޓާލުމުގެ ވިސްނުމެއް ނެތްކަން ހާމަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ވެރިކަން ބަދަލު ކުރާނީ ވޯޓަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު