އަންނަ މަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭނެ ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ ފެއަރ ފައްޓަވައި ދިނުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ބަހުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިނީ ބަހުގެ ޚިދުމަތް އަންނަ މަހު ފެށިގެންދާނެ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
"މިއީވެސް މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމެއް." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާއިބް ރައީސް ވިދާޅުވީ ކިތަންމެ ދުވަހެއް ފާހަގަކުރިނަމަވެސް، ކަމަށްދޭންވާ ސަމާލްކަން ނުދީ މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭނެކަމަށެވެ. މިއީ އެންމެން އާނ ބަސް ކިޔައި، މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ދުއްވާ އުޅަނދުތައް މަގުމަތީގައި ގިނަވުމަކީ، މިކަމަށް އޮތް އުޒުރެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފެއަރއަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިސްނަގައިގެން، ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ ފެއަރއެކެވެ. މި ފެއަރގެ ތެރެއިން މިކަމާ ގުޅޭ އެކި ދާއިރާތައް ގުޅިގެން ބާއްވާ ޕެނަލް ޑިސްކަޝަނެއްވެސް ބާއްވަން ނިއންމާފައިވާއިރު އިވެންޓްގެ ތެރެއިން ބާއްވާ ލަކީޑްރޯއަކުން ހޮވޭ 54 މީހުންނަށް ހެލްމެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ހަފްތާއަކަށް ކުރިއަށްގެންދާ ޙަރަކާތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު